ހުލާސާކޮށް އިއްޔެ: ރައީސް މިހާރު ވިދާޅުވަނީ ޔުމްނު ވެއްޓުން ސިޔާސީ ނުކުރާ ކަމަށް ހުލާސާކޮށް އިއްޔެ: ރައީސް މިހާރު ވިދާޅުވަނީ ޔުމްނު ވެއްޓުން ސިޔާސީ ނުކުރާ ކަމަށް

އޭޕްރީލް 18 ވީ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ވަރަށް ބޮޑަށް ސިޔާސީ ކުރައްވައި އެކަމުގެ ޒިންމާ އިދިކޮޅު ޕާޓީން ނަގަންޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކާފައި ނުވާނެ ކަމަށް އާއިލާގެ ފަރާތުން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ،
މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ދިރިއުޅޭ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.
ގްރޭންޑް ހަޔަޓް ހޮޓެލްގައި ބޭއްވި މި އިވެންޓަށް ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ޅިޔަނުގެ ދައްތަ ދިޔަ އެވެ. އޭނާ އެތަނަށް ދިޔައީ ހާދިސާގެ ހުރިހާ ފުޓޭޖެއް އާއިލާއަށް ދިނުމަށް ރައީސްގެ ކިބައިން އާއިލާގެ ފަރާތުން އެދުމަށެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި މި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓް ކުރި ސިޔާސީ ޕާޓީން ކަމަށް ރައީސް ވިދާޅުވެފައިވާތީ ކަންކަން އިސްލާހު ކުރުމަށް ވަޑައިގެންނެވުމަށް ފަހު އެފަދަ ގޮތަކަށް ވާހަކަ ދެއްކެވުމުގެ ކަންބޮޑުވުން ވެސް އާއިލާގެ ފަރާތުން ރައީސްއާ ހިއްސާކުރި އެވެ.
"ބުނީމާ ބުނީ ތިމަންނަ އެހެން މީން ކުރި އެއްޗެއް ނޫނޯ. ތިމަންނަ ރިފާއެއް ނުކުރަމޯ އެ އިންސިޑެންޓަށް. މަ ބުނިން މަ ބަލަންށޭ ހުރީ. މަ ބުނީ ހަމަ އެގްޒެކްޓްލީ އެހެންނޭ ބުނީ. ބުނީމާ ބުނަނީ ތިމަންނަ ކޮންމެހެން އެހެން މީންކޮށްފައެއް ނޫނޭ،" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ އަދަދު އަށް ކިޔައިދިނެވެ.
އެ ޖަލްސާގައި ރައީސް ސީދާ ވިދާޅުވީ "މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާ" މިހެންނެވެ. ނަމަވެސް، އެ ވާހަކައިގެ ރާގު ބަދަލުކޮށް އެ ހާދިސާއާ ގުޅޭގޮތުން ވާހަކަ ނުދައްކަވާ ކަމަށް އާއިލާ ކައިރީ ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނޫސްވެރިންނާ ބައްދަލުކުރިއިރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތީ ރައީސްއާ ސުވާލު ކުރުމުން އެއްވެސް މައުލޫމާތެއް އެ ވަގުތަށް ލިބިފައި ނުވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އާއިލާއިން އަދަދު އަށް މައުލޫމާތު ދިނެވެ.
"މަ ބުނިން ތި މީހުން ވިކްޓިމް ޝޭމް ކުރަން ވެގެންނޭ އެ ފުޓޭޖު ދެއްކީ. އެހެން ނޫނިއްޔާ އެ ފުޓޭޖު ދެއްކުމުގެ އެއްވެސް މަގުސަދެއް ނެތޭ. ބުނީމާ ބުނީ ތިމަންނަ ގަބޫލުކުރަމޯ، ތިމަންނަ މިހާރު އެކަމާ ބެހޭ ގޮތުން، އެ ކަންކަން ބަލަންށޯ ތިމަންނަ މި އުޅެނީ،" އޭނާ ކިޔައިދިނެވެ.
އެ ބައްދަލުވުމުގައި ވީޑިއޯ ފުޓޭޖުތައް މުޅި ގައުމަށް ފެންނަ ގޮތަށް ދައްކައިލުމުން އެ ކަމާ ގުޅިގެން އާއިލާގެ އޮތް ހިތްހަމަނުޖެހުން ރައީސްއާ ހިއްސާކުރި ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ އަދަދު އަށް ބުންޏެވެ.
"ބުނީ ތިމަންނަ ގަބޫލު ކުރަމޯ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް. އެއީ އެއްގޮތަކަށް ވެސް އެ ކަންތައް ދާންވީ ގޮތެއް ނޫނޯ. ޕްރޮސެކިއުޓާ ޖެނެރަލް ވެސް ބުންޏެއް ނޫންހޯ އެއީ އުސޫލުގެ ބޭރުން ވެފައި އިން ކަމެކޭ،" ރައީސްގެ ޖަވާބު ކިޔައިދެމުން އެ މީހާ މައުލޫމާތު ދިނެވެ.
ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރަންޖެހޭ ހުރިހާ ފަރުވާއަކަށްދާ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނުމަށްފަހު ފަހު ވަގުތު، އެހީގެ ބޮޑު ބައި ކަނޑާލުމުގެ ހިތްހަމަނުޖެހުން ވެސް އާއިލާގެ ފަރާތުން ރައީސްއާ ހިއްސާކުރި އެވެ.
29 އޭޕްރިލް 2025, 2 ޛުލްޤަޢިދާ 1446, ހޯމަ | ނަކަތް: ބުރުނު
- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ. ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ
- ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން 5 މޭލާއި 15 މޭލަށް
- ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ