ކުރީގެ ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވެއްޖެއެވެ.
ޒާހިރު ނިޔާވީ އޭނާ މިހާރު ދިރިއުޅުއްވާ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރުއެވެ.
އެމްޑީޕީ ލ. ފޮނަދޫ ދާއިރާގެ ރައީސްކަންވެސް ކުރައްވާފައިވާ ޒާހިރުވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން ޒާހިރު ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގައިވެސް އިސްދައުރެއް އަދާކުރައްވާފައެވެ.
އީޖާދީ، އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރި ޒާހިރު ވަނީ، ހާޕިކް ލިކުއިޑް، ވިމް ފައުޑަރު، މޫނުގައިޖަހާ ފުށް އަދި ލީޗިން ލިކުއިޑް ފަދަ ތަކެތި އުފައްދާފައެވެ. މީގެ އިތުރުން މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.
ޒާހިރު އަށް ވަނީ އިގްތިސޯދީ މަސައްކަތް ކުރިއެރުމުގެ ދާއިރާ އިން 1993 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ.
މަސްއޫދުއަށް ހަމަލާދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި މަގުބޫލު ލިޔުންތައް މި އޮތީ ކަރަންޓް ބިލަށް ފައިސާ ދައްކަން ނުޖެހޭނެ ‘ލުއި’ ހައްލެއް! އައްޑޫބިނާވެށީގައި ހިތަދޫއިން ދޫކުރަން ނިންމި 1500 ބިމެއް ނެތް ޒައުލްގެ ހާލު ގޯސްވެ އިތުރު ފަރުވާއަށް އި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ