ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ޠޫފާނަކަށް ބަދަލުވެފައިވާކަމަށެވެ.
އަދި މި ޠޫފާން މިހާރު މިސްރާބުޖަހާފައިވަނީ ބޭ އޮފް ބެންގާލް ހިމެނޭ ސަރަޙައްދުން ލަންކާގެ ހުޅަނގަށްކަމަށާއި، ޠޫފާން ސްރިލަންކާގެ މަތިން ހުރަސްކުރާނެކަމަށް ލަފާކުރެވެނީ މިއަދު ހަވީރު ނުވަތަ އިރުއޮއްސޭ ވަގުތުގައިކަމަށް އެ އިދާރާއިން ބުނެއެވެ.
މިތޫފާނުގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން ދެކުނު އިންޑިޔާ ކަނޑުގައިވެސް ބާރުގަދަ ކޮޅިގަނޑެއް އުފެދިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ލަންކާގައި އުފެދިފައިވާ ތޫފާނައި، އަދި ރާއްޖޭގެ އިރު ދެކުނުން ދެކުނު އިންޑިޔާ ކަނޑުގައި އުފެދިފައިވާ ކޮޅުގަނޑާއިއެކު މިއަދު ހަވީރާއި، މިރެއިން ފެށިފެށިގެން ރާއްޖޭގެ ސަރަހައްދުގައި މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ތޫފާން ”ބުރެވި“ގެ ސަބަބުން މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ