ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ ގާސިމް އިބްރާހިމްއަށް: ނިޝާމާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިހު ހިންނަވަރަށް ވަޑައިގެންފި ރައީސް ސާލިހުގެ ދެކަނބަލުން އީދު ފާހަގަކުރެއްވުމަށް ތޮއްޑޫއަށް ވަޑައިގެންފި މުޖްތަމަޢުގައި ހިތްހަމަޖެހުމާއ

ގުޅިފަޅުގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމަށް އެކަމާއި ބެހޭ ރޭވުންތައް މިހާރު ވަނީ ގާތްގަނޑަކަށް ޕްލޭންކޮށް ނިމިފައި ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ މުހިންމު ދެ ކަމެއް ހިނގާނެ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ، މާލޭގެ ގުރާބުތުނޑި ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅުގައި އަލަށް ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން މާލޭގެ އުތުރު ފަރާތުގަޔާއި، އެކި ސަރަޙައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވާރކްޝޮޕްތައް ފަދަ ތަންތަނާއި، ބައެއް ވިޔަފާރިތައް ވެސް ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި އެއީ މާލޭގެ ޢާންމު ހަމަޖެހުމާއި އަމާންކަން ޤާއިމުކުރަން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެސް ވެގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
“މި ދެންނެވި ދެ ބަނދަރު ތަރައްޤީ ކުރުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ވަރަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ. އެ ހަލުވިކަމާއެކު ވިޔަފާރިއާއި ޢިމާރާތްކުރުމުގެ އިންޑަސްޓްރީއާއި އަދި ފަތުރުވެރިކަމުގެ ޞިނާޢަތާއި، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާވެގެންދާނެ. އެ ޞިނާޢަތްތައް ފުޅާވަމުންދާ ވަރަކަށް، ރާއްޖޭގެ މުޅި އިޤްތިޞާދުގެ ރޫފަ ހެޔޮވެގެންދާނެ.” ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު އިތުރަށް ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ އިންސާނަކަށްވީތީ ލިބެންވާ އެތައް އަސާސީ ޙައްޤަކުން މަޙުރޫމް ވެގެން ކަމަށާއި ސާފު ވައިކޮޅެއް، ދުވާލުގެ ޤުދުރަތީ އަލިކަމެއް ނުލިބި ދިރިއުޅޭ ޢާއިލާތައް މާލޭގައި އެބައުޅޭ ކަމަށެވެ. އަދި ތުއްތު ދަރިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ހުސް ބިންކޮޅެއް ނެތިވެސް، މާލޭ ރައްޔިތުން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ ކަަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ