މާާބައިދޫ އައު އިންޖީނުގެ އިފްތިތާހުކޮށްފި

ލ. މާބައިދޫ އައު އިންޖީނުގެއާއު އައު އޮފީސް ރައީސްއުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސް ސޯލިހް މާބައިދޫ އިންޖީނުގެ އާއި އައު އޮފީސް ހުޅުވައިދެއްވައިފައިވަނީ އެރަށަށް މިއަދު ކުރެއްވި ރިޔާސީ ކެމްޕޭން ދަތުރުފުޅުގައެވެ.
މިރަށު ކުރީގެ އިންޖީނުގެއަށް 38 އަހަރު ވެފައިވާއިރު ބޮޑުމިނުގައި ހުންނަނީ 43 ފޫޓު 48 ފޫޓެވެ. ނަމަވެސް ފެނަކައިން އަޅައިދީފައިވާ އައު އިންޖީނުގޭގެ އިމާރާތަކީ 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭ ވަރުގެ ތަނަވަސް، 44 ފޫޓު 95 ފޫޓު ބޮޑުމިނުގެ އޮފީހެކެވެ.
މާބައިދޫ އައު އިންޖީނުގެ ހުންނަ އިމާރާތުގައި ސްޓޯރ ރޫމްއަކާއި، ވޯރކްޝޮޕަކާއި، އިންޖީން ރޫމަކާއި، ކޮންޓްރޯލް ރޫމަކާއި ،ފާހާނާ، ޕޭންޓްރީ، ފިއުލް ޓޭންކު އަދި ، ޗިމްނީ އެއްވެސް ހަދާފައި ވެއެވެ.
ފެނަކަ އޮފީހުގެ އައު އިމާރާތުގައި ހިމެނެނީ ރިސެޕްޝަނަކާއި، ލޮބީއަކާއި، މެނޭޖަރ ރޫމަކާއި، ޕޭންޓްރީ، ފާހާނާ، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ސްޓޯރ ރޫމެކެވެ.
ފެނަކައިން އައު އޮފީސް އިމާރާތްކޮށްފައިވަނީ މީހުން އުޅޭ ސަރަހައްދާއި ދުރުގައި މައިމަގަށް ވާގޮތަށެވެ. އަދި އެތަނުގެ ޖެންސެޓްގެ ކެޕޭސިޓީއަކީ 980 ކިލޯވޮޓް ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ