ސައުދީ ލީގު: ކުޅުނު ދެވަނަ މެޗުންވެސް އަލް-ނަޞްރު ބަލިވެއްޖެ 24 ރަށެއްގައި ސޯލާ ހަކަތައިން ކަރަންޓް އުފެއްދުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އައްޑޫން ގޯތި ލިބޭމީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައަޅަން އެއް ހަފްތާގެ މުހުލަތެއް “ދަ އިންވިންސިބްލް: ދަ

ހައްޖު ކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫންކަމަށާއި ހައްޖު ކޯޕަރޭޝަން ހިންގުމުގައި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރޭ މ މުލަކަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަން ހިންގުމުގައި މައްސަލަތަކެއް ހުރިކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް ބަދަލުތަކެއް އައިސް ތަރައްގީ ކުރެވެން ޖެހޭ ކަމަށެވެ. އަދި ހައްޖު ފަންޑުން އިންވެސްޓް ކުރެވޭނެ ގޮތް ހަމަޖެހި އެ ކޯޕަރޭޝަން ފައިނޭޝަލީ ވަރުގަދަވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނުން އެފަދައިން މި ވިދާޅުވަނީ އެކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށާއި އެ ގޮތަށް އެ ކަން ކުރުމުގެ ސަބަބުން ހައްޖަށް ދެވޭ އަގު ކުޑަ ކުރެވޭ ކަމަށް ވެސް އޭނާ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ރަށްތަކަށް މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެ ވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ