އޮޅުވެލިފުށީގައި ހުރި 28 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އަށް ގުނަ ބޮޑު ޒަމާނީ އިންޖީނުގެ އެއް

ޅ. އޮޅުވެލިފުށީގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހެދި އާ އިންޖީނުގެ ހުޅުވައިފި އެވެ.
މީހުން ދިރިއުޅޭ ސަރަހައްދުގައި 28 އަހަރު ވަންދެން ހިންގަމުން އައި ބާ އިންޖީނުގޭގެ ބަދަލުގައި ހެދި އާ އިންޖީނުގެ ހުޅުވައިދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އޮޅުވެލިފުށީގައި ހުންނަ ފެނަކަ އޮފީސްވެސް ކުރިން ހިންގަމުން އައި 3060 އަކަފޫޓުގެ ބާ އިންޖީނުގޭގަ އެވެ.
ނަމަވެސް އާ އިންޖީނުގެއަކީ 24,948 އަކަފޫޓު ބޮޑު ތަނެކެވެ. މިއީ ކުރީގެ އިންޖީނުގެއަށްވުރެ އަށް ގުނަ ބޮޑު އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގެ މިހާރުގެ ބޮޑުމިނަކީ 3060 އަކަފޫޓެވެ.
ކޮންޓްރޯލް ރޫމް, އިންޖީން ރޫމް, ޗިމްނީ, ސްޓޯ, ފާހާނާގެ އިތުރުން ވޯކްޝޮޕަކާއި ބަދިގެއެއް ހިމެނޭ ގޮތަށް ހަދާފައިވާ އާ އިންޖީނުގޭގައި ނުވަ މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވެ އެވެ.
އާ އިންޖީނުގެ އާއެކު އޮޅުވެލިފުށީގެ ކަރަންޓް ކެޕޭސިޓީވެސް ވަނީ 570 ކިލޮވޮޓުން 810 ކިލޮވޮޓަށް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ