ރަތްމަންދޫ އައު އިންޖީނުގެ ހުޅުވައިދެއްވައިފި

މ. ރަތްމަންދޫގައި އައު އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރަތްމަންދޫ އިންޖީނުގެ ރައީސް ހުޅުވައިދެއްވާފައިވަނީ ކެމްޕޭނަށް މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިިން ރަތްމަންދޫއަށް ވަޑައިގެންނެވެ.
މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކޮށްފައިވާ މި އިންޖީނުގެއަކީ ބޭނުންވާ އިތުރު ޚިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. ރަތްމަންދޫ އައު އިންޖީނުގޭގައި 3 ޖަނަރޭޓަރު ސެޓް ބަހައްޓާފައިވާއިރު މި ޖަނަރޭޓަރުތަކުން ޖުމްލަ KW 480 ގެ ކަރަންޓު އުފެއްދޭނެއެވެ.
ރަތްމަންދޫގައި މިސަރުކާރުން ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދާއިރު އެ ރަށުގައި ފެނާ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް، ފެނަކަ އޮފީސް އިމާރާތް އަދި ކައުންސިލްގެ އާ އިމާރާތް އެޅުންފަދަ މަސައްކަތްތައް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ