ދަ ޑިމޮކްރެޓްސް އާއި ޕީއެންސީ ކޯލިޝަނުގެ ވަރުގަދަ ޖަލްސާއެއް މި މަހު 03 ވަނަ ދުވަހުގެރޭ! ޖުމްހޫރީ ޕާޓީގެ ށ ދާއިރާގެ ރައީސް އާއި ކެމްޕެއިން މެނޭޖަރު އެމްޑީޕީއަށް ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުން މިއަދު އެމްޑީޕީ މިނިވަން ވެއްޖެ: ނިޒާރު ކާމިޔާބާ ހަމައަށް ވާ

ދުނިޔެ ދެކޭނެ އެންމެ މާތް ދުވަހަކީ ހައްޖު މަހުގެ ނުވަ ވަނަ ދުވަހެވެ. އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހެވެ.
އަރަފާތު ދުވަހާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. «مَا مِنْ يَوْمٍ أكْثَرَ مِنْ أَن يَعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ». رواه مسلم މާނައީ: “އަރަފާތު ދުވަހަށްވުރެ ގިންނައި މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ.”
އަރަފާތް ދުވަހުގެ ރޯދައަށް ހާއްސަ ދަރުމަޔާއި ސަވާބެއް ވެއެވެ. އަރަފާތް ދުވަހު ރޯދަ ހިފުމާގުޅޭ ގޮތުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. “އެދުވަހު ރޯދަ ހިފުމަކީ، ފާތިވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ.”
ރަސޫލާ صلى الله عليه وسلم މިދުވަހުގެ ރޯދަހިފުން ދޫނުކުރައްވާކަން ވެސް ސުންނަތުން ސާބިތުވެ އެވެ. މާތްﷲ ރުއްސުންލެއްވި މުއުމިނުތަކުންގެ މައިކަނބަލެއް ކަމަށްވާ ޙަފުޞާ ބިންތި އުމަރު ރިވާކުރެއްވި އެވެ. ހަތަރު ކަމެއް ރަސޫލާ صلى الله عليه وسلم ދޫނުކުރައްވަ އެވެ. އެއީ ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕެވުމާއި އަރަފާތް ދުވަހު ރޯދަހިފުމާއި ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިފުމާއި (އެބަހީ ކޮންމެ ޙިޖުރީ މަހެއްގެ ތޭރަ ސާދަ ފަނަރަ) އަދި ފަތިސްނަމާދުގެ ކުރީގައި ކުރައްވާ ސުންނަތް ދެ ރަކުޢަތް ކުރެއްވުމެވެ.
އެހެންކަމުން މިފަދަ މާތްވެގެންވާ ދުވަހެއް އަޅުގަނޑުމެންނާއި ބައްދަލުވާ ހިނދު މާތްﷲ ރުހިވޮޑިގަންނަވާ ގޮތަށް އަމަލުތައް ބަހައްޓަމާތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ