ހާސްވެ ކަންބޮޑުވާ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ކުރަންހުރި ބައެއް ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ
 
މުސްލިމުންނަށް ކަންކަން ދިމާވެ، ހާސްކަން ބޮޑުވެ، ކަންބޮޑުވެއްޖެނަމަ މާތްالله ގެ ޙަޟްރަތަށް  ރުޖޫޢަވެ ދުޢާ ކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެގޮތުން މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ހާސްވެ ކަންބޮޑުވުމުން ކުރާނެ ބައެއް ދުޢާއެވެ.  
· «لَا إِلَهَ إِلَّا اللهُ الْعَظِيمُ الحلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
މާނައީ: މަތިވެރިވެ ކެތްތެރިވޮޑިގެންވާ، ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މަތިވެރި ޢަރުޝުގެވެރި، ﷲ ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އުޑުތަކާއިބިމުގެވެރި އަދި މާތް ޢަރުޝުގެވެރި ﷲ ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
لا إله إلا الله العظيم الحليم (دعاء الكرب) (alukah.net)
· اللَّهمَّ رحمتَك أَرجو فلا تَكِلني إلى نَفسِي طرفةَ عينٍ ، وأصلِح لي شَأني كلَّه لا إلَه إلَّا أنتَ
މާނައީ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އިބަ ﷲ ގެ ރަޙްމަތައް އުއްމީދުކުރަމެވެ. ފަހެ އެސްފިޔައެއް ޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފްސު ޙަވާލު ނުކުރައްވާނދޭވެ! އަދި މިއަޅާގެ ހުރިހާ ކަމެއް މިއަޅާއަށް އިޞްލާޙް ކޮށްދެއްވާނދޭވެ! އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
މާނައީ: އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.
لا إله إلا أنت سبحانك إني كنت من الظالمين - إسلام أون لاين (islamonline.net)
· اللهُ اللهُ ربِّي لا أُشرِكُ به شيئًا
މާނައީ: "ﷲ ތަޢާލާއީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެއާ އެއްވެސް އެއްޗެއް މިއަޅާ ބައިވެރިއެއް ނުކުރަމެވެ."
الدرر السنية - الموسوعة الحديثية - نتائج البحث (dorar.net)
· اللهمَّ إني عبدُك ، و ابنُ عبدِك ، و ابنُ أَمَتِك ، ناصيتي بيدِك ، ماضٍ فيَّ حكمُك ، عدلٌ فيَّ قضاؤُك ، أسألُك بكلِّ اسمٍ هو لك سميتَ به نفسَك ، أو علَّمتَه أحدًا من خلقِك ، أو أنزلتَه في كتابِك ، أو استأثرتَ به في علمِ الغيبِ عندَك ، أن تجعلَ القرآنَ ربيعَ قلبي ، و نورَ صدري ، و جلاءَ حزني، و ذَهابَ همِّي
މާނައީ: މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމުއެވެ. އިބަ އިލާހުގެ ފިރިހެން އަޅެއްގެ ދަރިއަކީމުއެވެ. އިބަ އިލާހުގެ އަންހެން އަޅެއްގެ ދަރިއަކީމުއެވެ. މިއަޅާގެ ލަގަން ވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲ ގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ނިޔާ މިއަޅާ އާއި މެދު ޢަދުލުވެރިވެގެންވެއެެެވެ. އިބަ ﷲ ގެ އަމިއްލަ ޛާތުފުޅަށް އިބަ ﷲ ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ފޮތުގައި އިބަ ﷲ ބާވައިލައްވާފައިވާ ނުވަތަ އިބަ ﷲ މަޚްލޫގުންގެ ތެރެއިން މަޚްލޫގަކަށް އިބަ ﷲ އުނގަންނަވައި ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަ ﷲ ޚާއްސަކުރައްވާފައިވާ އިބަ ﷲ ގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް މިއަޅާގެ ހިތުގެ ބަހާރުކަމުގައްޔާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައްޔާއި، މިއަޅާގެ ހިތާމަ ފިއްލަވާ ޒަރިއްޔާ ކަމުގައްޔާއި، އަދި މިއަޅާގެ ފިކުރު ބޮޑުކުރުން ދުރުކޮށްދޭ ޒަރިއްޔާ ކަމުގައި ޤުރްއާން ލައްވާދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ