ދުވާފަރު ވޭސްޓް މެނޭޖްމެންޓު ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ ދުވާފަރުގައި ވޭސްޓް މެނޭޖްމެންޓު ސެންޓަރެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އޮންނަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މިއަދު އެރަށަށް ވަޑައިގެންނެވުމުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން ދުވާފަރުގައި ކުންޏާއި، ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެވެ. އަރިހުގައި އެރަށުގެ ކައުންސިލްގެ މެމްބަރުންނާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން މި މަޝްރޫޢު ފައްޓަވައިދެއްވުމަށް މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުއަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުއާއިއެކު ތަރައްޤީކުރެވިގެންދާނެ މަރުކަޒަކީ، އެދެރަށަށަށްވެސް ދިމާވާ ކުނި ނައްތާލުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ މަރުކަޒެކެވެ. މި މަސައްކަތް ނިމި، މަރުކަޒު ހުޅުވުމުން ރަށުގެ ކުނި ރަނގަޅު ގޮތުގައި ވަކިކޮށް، ރީސައިކަލްކޮށް، ނައްތާލުމުގެ ކަންކަން ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ