ސަރުކާރުން އަލަށް އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ރާއްޖެ އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ، މިދިޔަ އަންގާރަ ދުވަހު އެވެ. ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ވަނީ އެ ކުންފުނީގެ ބޯޑު އެކުލަވާލައި މަގާމުތަކަށް އައްޔަންކުރި މީހުންގެ ނަންތައް ހާމަކޮށްފަ އެވެ.
ތަފްސީލު - ޕީސީބީން ކުރި ޕޯސްޓުގައިވާ ގޮތުން ޑރ. ޝާހްއާ އެކު މި ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ދެ މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
އައިޝަތު މުހައްމަދު، މ. ކުރެއްދޫ
ޝިބާނާ އަބްދުﷲދީދީ، ފްލެޓް ނަންބަރު 10-3-1
މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި ޑރ. ޝާހް، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން މި ސަރުކާރުގެ ކުރީކޮޅު އޭނާ ހުންނެވީ، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އޭނާ ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެ ވެރިކަމުގެ ފަހުކޮޅު އޮގަސްޓު 2023ގަ އެވެ.
ބޭސް ކުންފުނީގެ އެމްޑީއަކަށް ޑރ. ޝާހް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ