އިންޑޮނީޝިއާގެ ސުމާޓްރާއަށް މިދިޔަ ހަފްތާގައި އެރި ތޫފާނުގައި ލިބުނު ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކެއް އެ ސްޓޭޓުގައި ވަނީ ހިނގާފަ އެވެ. އެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 950 އަށްވުރެ އިތުރުވެފައިވާއިރު 274 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
އިންޑޮނީޝިއާ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި އަޗޭ، އުތުރު ސުމާޓްރާ އަދި ހުޅަނގު ސުމާޓްރާ ޕްރޮވިންސަށް ލިބުނު ގެއްލުމުގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރުވާނެ ކަމަށެވެ.
އެ ޕްރޮވިންސްތައް އާރާސްތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. ގެދޮރު ގެއްލުނު އެންމެންނަށް 40 އަކަމީޓަރުގެ ވަގުތީ ގެ ސަރުކާރުން އިމާރާތްކޮށްދޭނެ އެވެ.
އެ ގައުމުގެ އަވަށްޓެރި ތައިލެންޑާއި މެލޭޝިއާއަށް ވެސް މި ތޫފާނުގެ އަސަރު ކުރިއިރު އެ ދެ ގައުމުން 200 މީހުން މަރުވި އެވެ.
ސުމާޓްރާއަށް އެރި ތޫފާނުގައި ލިބުނު ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރާ ސުމާޓްރާއަށް އެރި ތޫފާނުގައި ލިބުނު ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ