ޖަޕާނުގެ ހިލޭ އެހީގައި މާލޭގައި މިކްސް ޔޫޒް މާރުކޭޓެއް އަޅަނީ ޖަޕާނުގެ ހިލޭ އެހީގައި މާލޭގައި މިކްސް ޔޫޒް މާރުކޭޓެއް އަޅަނީ

މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޖަޕާނުގެ ހިލޭ އެހީގެ ދަށުން މިކްސް ޔޫޒް މާރުކޭޓެއް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އެ ގައުމާއެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީއިން ހިނގާ މަޝްރޫއުއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކީގައި ވެސް ވާހަކަދެކެވި، މަސައްކަތް ފެށިފައި، ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުއްވަވާނެ އެ ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މަސް މާރުކޭޓު އަޅަން ނިންމާފައި ވަނީ މިހާރުގެ ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ކަމަށެވެ. އެ ތަން ތަރައްގީ ކުރާނީ މަހުގެ އިތުރުން ތަރުކާރީގެ ވިޔަފާރިކުރާ މީހުންނަށް ވެސް ޖާގަތައް ލިބޭ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރޯމަސް މާރުކޭޓު މިހާރު ހުރި ބިން ތަރައްގީ ކުރަން ނިންމާފައި ވަނީ މަސްވެރިކަމާބެހޭ އެކި ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އޮފީސްތައް ހިންގާ ޖާގަތައް ހިމެނޭ އިމާރާތެއް ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ