އައްޑޫ ވޯޓުގައި ވޯޓުލެވޭ މީހުންގެ 50 ޕަސެންޓު ވެސް ބައިވެރިނުވޭ
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ މީހުންގެ ޚިޔާލު ހޯދުމަށް ކުރިއަށް ދިޔަ ވޯޓުގައި ވޯޓުލެވޭ ޖުމްލަ އާބާދީގެ 50 ޕަސެންޓު ވެސް ބައިވެރިނުވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 ޖަހަންދެން ގިނަ ފޮށިތަކުގެ ވޯޓުލުން ކުރިއަށް ދިޔައިރު، ގިނަ ފޮށިތަކުގެ ވޯޓުލުން ނިމި ވަނީ ބަންދުކޮށްފައެވެ. އަދި އެއަށްފަހު 4:30 ގައި ވޯޓު ގުނުމުގެ މަސައްކަތް ފަށައި، ރަސްމީ ނަތީޖާ މިރޭ ވަނީ އިއުލާނުކޮށްފައެވެ. މި ފެންނަ ނުފެންނަ އިންތިޚާބުގައި 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ: ފޭދޫން 4،355 މީހުން ހުޅުދޫން 2،874 މީހުން މީދޫން 2،347 މީހުން ނަމަވެސް އިންތިޚާބުގައި ވޯޓުލީ ޖުމްލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި، ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،368 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،421 މީހުންނެވެ. މީދޫން 2،341 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،002 މީހުންނެވެ. ހުޅުދޫން 2،867 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،070 މީހުންނެވެ. https://sun.mv/213114 މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބެހެއްޓިއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބެހެއްޓިއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން އަވަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮއްޓެއް މާލޭގެ ކަލާފާނު ސްކޫލުގައި ބެހެއްޓިއެވެ. މި ވޯޓުގައި އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީއިން ވަނީ ވޯޓު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ