ސިނގިރޭޓު ވައްކަން: ފަހުން ހައްޔަރުކުރި 3 މީހުންނަކީ އެމްޕީއެލް މުވައްޒަފުން
        ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުއްޓައި، 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފަހުން ހައްޔަރުކުރި ތިން މީހުންނަކީ، އެ ކަމަށް އެހީވިކަމަށް ތުހުމަތުކުރާ އެމްޕީއެލްގެ މުވައްޒަފުންކަން އެނގިއްޖެއެވެ.  ފުލުހުން ރޭ މައުލޫމާތު ދިން ގޮތުގައި ފަހުން ހައްޔަރުކުރި ތިން މީހުންނަކީ:    އަހްމަދު ޝަހީމް / ނޫރަލީގެ، ހދ. ވައިކަރަދޫ (42 އަހަރު)  އަހްމަދު ފިރުޝާން / ހ. ރުމޭނިއާ (35 އަހަރު)  ހުސައިން ސާމިހު / ޗާންދަނީ، އައްޑޫ ހިތަދޫ (35 އަހަރު)    "ސަން"އަށް އެނގިފައިވާ ގޮތުގައި މި ތިން މީހުންނަކީ ވެސް މި ވައްކަމަށް އެންމެ އިސްކޮށް އެހީވިކަމަށް ތުހުމަތުކުރާ އެމްޕީއެލްގެ ތިން މުވައްޒަފުންނެވެ.  މީގެ ތެރެއިން ފިރުޝާން ފަސް ދުވަހަށް ބަންދުކުރިއިރު، ދެން ތިބި ދެ މީހުންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.  އެހެންކަމުން މި މައްސަލައިގައި ހައްޔަރުކުރި ޖުމްލަ މީހުންގެ އަދަދު ވަނީ ނުވައަކަށް އަރައިފައެވެ.  ފާހަގަކުރެވޭ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            