މިއަދު މެންދުރުފަހުގެ ވަގުތެއްގައި ލ.ގަމު އިންޖީނުގޭގައި ރޯވެ ކަރަންޓްގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން އުރީދޫއިން އެރަށު ރައްޔިތުންގެ ފޯނުތައް ޗާޖްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
އިންޖީނުގޭގައި ރޯވެ، ގަމުން ކަރަންޓްގެ ހިދުމަތް މެދުކަނޑުނީ މެންދުރުފަހު 14:45 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފޮނަދޫ ފިޔަވައި ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ.
މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ ގަމު މަތިމަރަދޫ އަވަށުގައި ހުންނަ އުރީދޫ ޓަވަރުގެ ބެކަޕް ޖަނަރޭޓަރު މެދުވެރިކޮށް ގަމު ރައްޔިތުންގެ ފޯނާއި އެނޫންވެސް މުހިންމު އާލާތްތައް ޗާޖްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
އުރީދޫއިން ވަނީ އެމްއެންޔޫ ކޮލެޖް ސަރަހައްދުގައި ގާއިމުކޮށްފައިވާ ޗާޖިން ސްޓޭޝަން މެދުވެރިކޮށް ހުރިހާ ފަރާތްތަކަކަށްވެސް ޗާޖްކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ފެނަކައިން މިރޭ ބުނެފައިވަނީ މިރޭގެ ވަގުތެއްގައި ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިހާތަނަށް ކަރަންޓްގެ ހިދުމަތް ނުދެވުނު ނަމަވެސްފެނުގެ ހިދުމަތް ދޭން ފަށާފައިވާކަން ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނީ މިއަދު ހިނގި އެ ހާދިސާގައި ގެއްލުންވެފައިވަނީ ަރަންޓް ދިނުމަށް ބޭނުންކުރާ 5 އިންޖީނުގެ ތެރެއިން އެންމެ އިންޖީނަކަށް ކަަށެވެ.
އުރީދޫއިން ލ.ގަމު ރައްޔިތުންގެ ފޯނުތައް ޗާޖުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ