އެކްސިޑެންޓްގައި ނިޔާވީ ދިއްފުއްޓަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެއް

މިރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް ދޭއް, ނިކަގަސްމަގުގައި ދެ ސައިކަލު ޖެހި އެވެ. އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ފުލުހުން ދެންމެ ބުނީ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ ކ. ދިއްފުށީ, ލައިޓްގާޑަން އިސްމާއީލް ރަޔާން ބިން ނާޒިމް އެވެ. ރަޔާންގެ އުމުރަކީ 19 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ