ރާއްޖޭގެ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު، މިއަދު ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ބޭނުމަކީ، ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ.
ތަފްސީލު - ރައީސް ވަޑައިގަންނަވާ ހަތަރު އަތޮޅަކީ:
ވ. އަތޮޅު
މ. އަތޮޅު
ފ. އަތޮޅު
ތ. އަތޮޅު
މި ހަތަރު އަތޮޅުގެ 31 ރަށަކަށް މި އަށް ދުވަހުގެ ތެރޭ ރައީސް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
[މި އަތޮޅުތަކުގެ] މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
"މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ."
ރައީސް އޮފީހުން ބުނީ މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅުތަކެއް ކަމަށެވެ. މި ދަތުރުތަކުގައި ކެބިނެޓްގެ ގިނަ ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހަތަރު އަތޮޅަކަށް އަށް ދުވަހުގެ ދަތުރެއް ރައީސް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ