ހުރާ ދާއިރާގެ ޓިކެޓް ހޯދުމަށް ހަތް ކެންޑިޑޭޓަކު ވާދަކުރި އެވެ. ޓިކެޓް ހޯއްދެވީ އަބްދުﷲ ވާރިސް އެވެ. ވާރިސް ވަނީ 372 ވޯޓް ހޯދާފައެވެ. އަނާރައަށް ލިބިވަޑައިގަތީ 257 ވޯޓެވެ.
ވިހިވަނަ މަޖިލީހުގައި ކޮންގްރެސްއާ ޕީޕީއެމްގެ ޓިކެޓް ގައި ވާދަ ކުރުމަށް ޕްރައިމަރީން ނާކާމިޔާބުވެފައި ވަނިކޮށް އަމިއްލަ ގޮތުން އިންތިހާބު ގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ދެއްވައިފި އެވެ.
ކޮންގްރެސް ޕާޓީއާ ޕީޕީއެމް ހިމެނޭ -- ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލީސް ޓިކެޓް ހޯއްދެވުމަށް އަނާރާ ވަނީ އެ ކޯލިޝަންގެ ޕްރައިމަރީ ގައި ހުރާ ދާއިރާއަށް ވާދަ ކުރައްވާފައެވެ. ނަމަވެސް ޕްރައިމަރީން ކާމިޔާބު ހޯދޭ ގޮތް ނުވެ ޓިކެޓް ލިބިވަޑައިއެއް ނުގަތެވެ.ހުރާ ދާއިރާގެ ޓިކެޓް ހޯދުމަށް ހަތް ކެންޑިޑޭޓަކު ވާދަކުރި އެވެ. ޓިކެޓް ހޯއްދެވީ އަބްދުﷲ ވާރިސް އެވެ. އޭނާ ނިސްބަތް ވަނީ ގުޅި އަށެވެ. ވާރިސް ވަނީ 372 ވޯޓް ހޯދާފައެވެ. އަނާރައަށް ލިބިވަޑައިގަތީ 257 ވޯޓެވެ. ހުރާ ދާއިރާގައި ހިމެނޭ ހިންމަފުއްޓަށް ވަޑައިގަންނަވާ ވީޑިއޯއެއް ހިމަނުއްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އަނާރަ ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީސް ވިހީ ގައި ވާދަ ކުރަން ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ.އަނާރާ ނައީމް، 18 ވަނަ މަޖިލީހަށް އިންތިހާބުވީ މަކުނުދޫ ދާއިރާ އިންނެވެ. އެއީ އަދާލަތު ޕާޓީގެ ޓިކެޓެއް ގައެވެ. އަނާރާ އަކީ މިހާރު 18 އަހަރު ވެފައިވާ އަދާލަތު ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވީ ހަމައެކަނި މެންބަރެވެ. ފަހުން އެ ޕާޓީން ވަކިވެ ޕީއެންސީއާ ވަނީ ގުޅިފައެވެ.ހުރާ ދާއިރާ އިން އަނާރާއަށް ނާކާމިޔާބުވީ ނަަމަވެސް އަނާރާ ކުރީން ފުރުއްވި މަަކުނުދޫ ދާއިރާއަށް ވާދަ ކުރަން ކޮންގްރެސްގެ ޓިކެޓް ލިބިވަޑައިގަތީ އޭނާގެ ފިރިކަލުން އާދަމް ޝަފީގަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަމިއްލަ ގޮތުން ވާދަކުރަން ގިނަ ރައްޔިތުން އެދޭ: އަނާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ