މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިއްޖެ

މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން އެދިއްޖެއެވެ.
އެގޮތުން ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ ރަށްތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ބުނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މެދު ރާއްޖެ ތެރެއާއި އުތުރަށް ނަގާ ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ދެކުނުގެ ރަށްތަކަށް ނަގާ ރާޅުގެ އުސްމިނުގައި 2-4 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފައިވާއިރު ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ