އަޅުގަނޑުގެ އަނގަމަތީ މަލަން އެޅުމަށްފަހު މި ސަރުކާރުން ދަނީ އޮޅުވާލަމުން: ޔާމީން

އެމަނިކުފާނުގެ "އަނގައިގައި މަލަން އެޅުމަށްފަހު" މި ސަރުކާރުން ދަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައި 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ވަރަށް ގިނަ ދުވަސްތަކެއް ގައި ޖަލުގައި ހުންނެވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ރައީސް ސޯލިހް ވަނީ ޔާމީންގެ ބަންދަށް ލުއިތަކެއް ދެއްވަން ނިންމަވާ ޖަލު ބަންދުން ގެ ބަންދަށް ބަދަލު ކުރައްވާފަ އެވެ.އަދި ސިއްހީ ސަބަބުތަކަށްޓަކާ ކުޅިވަރު ކުޅުމަށް ވަޑައިގަަތުމާއި އެ ނޫން ބައެއް ކަންކަމަށް ވެސް ލުއި ދެއްވި އެވެ. ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ޔާމީންގެ ބަންދަށް އެއްވެސް ލުޔެއް ދީފައެއް ނުވެ އެވެ.އެކަން ފާހަގަ ކުރައްވާ ރޭ ޕީއެންއެފް އޮފީހުގައި އޮތް ބައްދަލްވުމެއް ގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ނުދީ އޮތުމުން އެކަމާއި ސުވާލު ކުރައްވާފައެވެ. އެއީ ސަރުކާރަށް އެހާ ދަތި ކަމެއްތޯ ވެސް ސުވާލު ކުރެއްވި އެވެ. ޔާމީން ވިދާޅުވީ، އަދިވެސް ޖަލު ހުކުމެއްގައި ހުންނަވަންޖެހިވަޑައިގަތުމުން އެމަނިކުފާނު ޕީޕީއެމް ދޫކުރެއްވި އަސްލު ސަބަބު ރައްޔިތުންނަށް އޮޅުންފިލުއްވައި ނުދެވޭ ކަމަށެވެ. އަދި އެމަނިކުފާނަށް މި ވާހަކަތައް ޓީވީ ކުރިމަތީގައި ރައްޔިތުންްނަށް އޮޅުންފިލުއްވައި ނުދެވެމުގެ ނާޖާއިޒް ފައިދާ ސަރުކާރުގެ ތިބި ފަރާތްތައް ނަންގަވަމުން ގެންދަވާ ކަަމަށް ޔާމީން ވިދާޅުވިއެވެ.އަދި މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާ ހަގީގަތް ފޮރުވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ."އަޅުގަނޑަށް އުނދަގޫ ވެގެން މި އުޅެނީ، އަނގަމަތީގައި މަލަން އަޅާފައި، ކަންކަން ހިނގީ މިހެންނޭ، އެހެންނޭ، ކިޔާފައި ވާހަކަ ދެއްކީމަ ދެން ތަންކޮޅެއް އުނދަގޫ ވެގެން މި އުޅެނީ. އެއީ ދެން އެ ފެންވަރުގައި ތިއްބެވި ބޭފުޅުންނާ ވަރަށް އެކަށީގެން ނުވާ ދަށުދަރަޖައިގެ ކަންކަން އެ ކުރައްވަނީ،" ޔާމީން ވިދާޅުވި އެވެ.ގެ ބަންދު ގައި ހުންނެވި ނަމަވެސް ސިޔާސީ ބައްދަލްވުންތަކަށް ވަޑައިގަތުމާއި ބައްދަލްވުންތަކާއި ޖަލްސާ ތަކުގައި ވާހަކަ ދެއްކެވުމަކީ ރައީސް ޔާމީނަށް ދެއްވާފައިވާ ލުއިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ޕާޓީގެ އޮފީހަށް ވަޑައިގަތުން ވެސް ލުއިތަކުގެ ތެރޭގައި ނުހިމެނެ އެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ ގަވާއިދުން ޕީއެންއެފް އޮފީހަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ފުރަތަމަކޮޅު ޕޯޑިއަމަށް އަރާ ވަޑައިގެން ދިގުކޮށް ތަގުރީރު ވެސް ކުރައްވައެވެ. ނަމަވެސް އެކަން ހުއްޓާލަން ކަރެކްޝަނުން އެންގުމުން ފަހުން އެމަނިކުފާނު އަމަލު ކުރައްވާ ގޮތަކީ ޖަލްސާގެ ހާޒިރީންގެ ގޮނޑިކޮޅުގައި އިންނަވާ ކުރުކޮށް ވާހަކަ ދައްކަވަނީ އެވެ.ޕީއެންއެފް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެއީ މަނާ ކަމެއް ކަން ކަރެކްޝަނުން ތަކުރާރުކޮށް ވަނީ އަންގާފަ އެވެ. އަދި އެކަން ބަލާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ފިޔަވަޅެއް އަޅާކަށް ނުކެރެ އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި ކޮންމެ ވެސް ނުރަނގަޅު ނުފޫޒެއް ފޯރައި ކަމަށް ތުހުމަތުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ