މާދަމާ ރޯދަ ހިފަން ޖެހޭނެ: މައުމޫން

އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި، ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެެއެވެ.މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ. އަދި މާދަމާ ރޯދަ ހިފަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.އެމަނިކުފާނުގެ ވާހަކަފުޅުތަކުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ބުދަ ދުވަހެވެ.މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ބުނެފަ އެވެ.ޝައްވާލު މަހު ހަނދު ފެނޭތޯ ބެލުމަށް ސައުދީ އަރަބިއްޔާގައި އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި ހުރި އޮބްޒަވޭޓަަރީތަކުގައި ދުރުމި ބަހައްޓައިގެން ހަނދުމުގެ ފެނޭތޯ ނުޖޫމީ އިލްމުވެރިން އަންނަނީ ބަލަމުންނެވެ.ސައުދީން ބުނީ ހަނދާ ބެހޭ ނިންމުން މައްކާ ގަޑިން އިރުއޮއްސި 6:20 ގައި އިއުލާންކުރާނެ ކަމަށެވެ. އަދި އެކަމަށް އިންތިޒާރުކުރުމަށް ވެސް އެދިފައިވެ އެވެ.ހަނދު ބެލުމަކީ ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ