މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާޅު ނެރެފިއެވެ.
މިގޮތުން މޫސުމާއި ބެހޭ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ލ އަތޮޅަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރުނީ މިއަދު މެންދުރު 14:30 އިން އިރުއޮއްސި 18:30 އަށެވެ.
އެއިދާރާއިން ހާމަކުރި ގޮތުގައި، މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާ، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.
Advertisement
މެޓް އޮފީހުން ވަނީކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ