ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ދިރާގު ޑިޖިޓަލް ޗެނަލެއް މެދުވެރިކޮށް ރީލޯޑުކޮށްގެން %15އާ ހަމައަށް ބޯނަސް ކްރެޑިޓް ހިލޭ ލިބޭ އޮފާއެއް މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އޮފާއާ އެކު ދިރާގުއެޕް، މައިއެކައުންޓް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް 100ރ.، 200ރ. އަދި 500ރ. ރީލޯޑުކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ހިލޭ ލިބޭނެ އެވެ.
ތަފްސީލް - މި އޮފާތަކަކަކީ:
100ރ. ރިލޯޑްކޮށްގެން %10 ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 110ރ.
200 ރުފިޔާ ރިލޯޑްކޮށްގެން %13 ބޯނަސް ކްރެޑިޓާއެކު ޖުމްލަ 225ރ.
500ރ. ރިލޯޑްކޮށްގެން %15 ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 575ރ.
ފާހަގަކޮށްލެވޭ - ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެކެވެ.
ދިރާގު ޕްރިޕެއިޑަށް ރީލޯޑުކޮށްގެން އިތުރު ކްރެޑިޓް ހިލޭ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ