އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނުވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރުން ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ދެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ.އެޗްއާރްސީއެމްގެ ގާނޫނުގައިވާ ގޮތުގައި، އެ ކޮމިޝަނަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. އޭގެ އިތުރުން، ސަރުކާރުގެ ނުވަތަ އެހެން ތަނެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގައި ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ.ކޮމިޝަންގެ މެންބަރު ކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނުވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ