އިޒްރޭލާއި އިރާންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިސްނަގައިގެން މިއަދު ވި އެއްބަސްވުމާ ދެ ގައުމުން ވެސް ހިލާފުވެއްޖެ އެވެ.
ހަނގުރާމަ ފެށުނީ ޖޫން 13، ގައި އިޒްރޭލުން އިރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ ދިނުމުންނެވެ. އޭގެ ފަހުން އެމެރިކާއިން ވެސް އިރާނަށް ހަމަލާ ދިނެވެ. އޭގެ ބަދަލުގައި އިރާނުން އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. އަދި ރޭގެ ވަގުތެއްގައި ގަތަރުގައި ގާއިމްކޮށްފައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް އިރާނުން ހަމަލާ ދިނެވެ.
ހަނގުރާމަ ހުއްޓާލަން ދެ ގައުމުން އެއްބަސްވީ އެމެރިކާ އިސްވެ ކުރި މަޝްވަރާތަކަކަށްފަހެވެ. އޭގެ ފަހުން އިޒްރޭލުން ވަނީ އިރާނަށް ވަރަށް ބޮޑެތި ހަމަލާތަކެއް ދީފަ އެވެ. އީރާނުން ވެސް ރައްދު ހަމަލާތަކެއް ދިން ކަމަށްވެ އެވެ. އެކަމަކު އެ ގައުމުން އެކަން ދޮގު ކުރެ އެވެ.
"ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އާދެވުމާއެކު އިޒްރޭލުން މިހާތަނަށް އިރާނަށް ވައްޓާލި އެންމެ ބޮޑު ބޮން ވައްޓާލި. އަހަރެން މި ހުރީ އިޒްރޭލާމެދު ހިތްހަމަޖެހިފައެއް ނޫން. ހަނގުރާމަ ހުއްޓާލަން 12 ގަޑިއިރު ދިނުމުގެ މާނައަކީ، ފުރަތަމަ ގަޑިއިރުގެ ތެރޭގައި އޮތިއްޔާ އޮތްހާ ބޮމެއް އެޅުމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދެއްކެވި ވަގުތު ޓްރަމްޕު ކޯފާ އިސްވެފައި ހުރި މިންވަރުން ވަނީ ހުތުރު ބަހުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
އިޒްރޭލުން އިރާނަށް ހަމަލާ ދިނީ، އިރާނުން ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށްވެ އެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާއިން ވެސް ބުނަނީ، ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރުމުގެ މަސައްކަތް އިރާނުން ނުކުރާ ކަމަށެވެ.
އިޒްރޭލު/އިރާން ހަނގުރާމަ: ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން ރޫޅާލައިފި، ޓްރަމްޕުގެ ކޯފާ އިޒްރޭލަށް އިޒްރޭލު/އިރާން ހަނގުރާމަ: ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން ރޫޅާލައިފި، ޓްރަމްޕުގެ ކޯފާ އިޒްރޭލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ