ޓޫރިސްޓު ރިސޯޓުތައް މަދު ރަށްތަކުގައި އިންވެސްޓުކުރަން ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން އިއުލާންކުރި ސިޔާސަތުގެ ދަށުން ހަ އަތޮޅެއްގައި 31 ޓޫރިސްޓު ޕްރޮޖެކްޓު ހިންގާނެ ބަޔަކު ހޯދަން އިންވެސްޓަރުންނަށް މިއަދު ހުޅުވާލައިފި އެވެ.
ރިސޯޓުތައް މަދު އަތޮޅުތަކަކީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅެވެ. މި އަތޮޅުތަކުން ދިން ލުއިތަކުގެ ތެރޭގައި އޯޕަން ބިޑިންގެ އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނުގެ ހެކްޓަރަކަށް ނަގާ ރޭޓުތައް ކުޑަކުރުމާއި ކްލޯސް ބިޑިންގެ ދަށުން ދޫކުރާ ބައެއް ފަޅުތަކުން ލޮކޭޝަން ޕްރިމިއަމް އުނިކުރުން ހިމެނެ އެވެ.
ކްލޯޒް ބިޑިންގެ ދަށުން ދޫކުރާ ތަންތަނަށް ދިން ލުއިތަކަކީ:
ކްރޮސް ސަބްސިޑީގެ ބޭނުމަށް ދޫކުރާ ތަންތަނަށް ދިން ލުއިތަކަކީ
އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގެ ދަށުން ސަރުކާރުން ވަނީ ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން ވެސް ހިމެނެ އެވެ.
ހަމަ އެހެންމެ ރިސޯޓުތައް ހަދަން ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 ޕަސެންޓަށް ބޮޑުކޮށް ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުން ވެސް ވަނީ ނިންމާފަ އެވެ. ޑިއުޓީ މާފުކުރާ ލިސްޓަށް އިތުރުކުރަނީ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް އެވެ.
ސަަރުކާރުން ވަނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގުފަހިކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ.
އޯޕަން ބިޑިންގެ ދަށުން ހުޅުވާލަނީ ހއ އަތޮޅުން ތިން ޕްރޮޖެކްޓް، ހދ އަތޮޅުން ފަސް ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް، ތ އަތޮޅުން 2 ޕްރޮޖެކްޓް، އަދި ލ އަތޮޅުން 1 ޕްރޮޖެކްޓެވެ. ކްލޯޒް ބިޑިންގެ ދަށުން ހުޅުވާލަނީ ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް، އަދި ލ އަތޮޅުން 2 ޕްރޮޖެކްޓެވެ.
މި ޕްރޮޖެކްޓުތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ހިންގާ އެއް ޕްރޮޖެކްޓު ހާއްސަކޮށްފައި ވަނީ ހަލާލު ޓޫރިޒަމަށެވެ. މިއީ ސަރުކާރުން މި ފަހުން އިއުލާންކުރި ސިޔާސަތެއްގެ ދަށުން ކުރެވޭ ކަމެކެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ލުއިތަކުގެ ސަބަބުން މި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރެވޭނެ އެވެ. މިހެން ނަމަވެސް މިއީ ކުރީ ސަރުކާރުން ވެސް މިހެން ބުނެ، އެހެން އަތޮޅުތަކަށް ވުރެ ހެޔޮ އަގުތަކުގައި ރަށްތަކާއި ފަޅުތައް ދޫކުރަން ހުޅުވާލި އަތޮޅުތަކެވެ.
ބޮޑެތި ލުއިތަކާއި، ހެޔޮ އަގުތަކުގައި 31 ޓޫރިސްޓު ޕްރޮޖެކްޓަކަށް އިންވެެސްޓަރުން ހޯދަނީ ބޮޑެތި ލުއިތަކާއި، ހެޔޮ އަގުތަކުގައި 31 ޓޫރިސްޓު ޕްރޮޖެކްޓަކަށް އިންވެެސްޓަރުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ