ފުވައްމުލަކުގެ ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަން 3 ގަޑިއިރަށް ވެފައިވަނިކޮށް ކެންސަލް ކޮށްފި ބެސްޓް ޝާކް ޑައިވް ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރުފުރުން ފާހަގަ ކުރުމުގެ ހަފްލާގައި ޓޫރިޒަމްމިނިސްޓަރ ބައިވެ

ފުވައްމުލަކު ސިޓީ ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ޖޫން 27 ވަނަ ދުވަހުގެ 15:05 ހާއިރު ކަމަށެވެ.
އެވަގުތުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
މި މަސައްކަތުގައި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންގެ އެހީތެރިކަން ވެސް ލިބިފައިވާއިރު، ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ އެދުވަހުގެ 21:05 ހާއިރުގައި ކަަމަށް އެމްއެންޑިއެފުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ