މީސްތަކުންގެ ކުރިމަތީގަ ބަދުނާމުކޮށް ދޮގު އިލްޒާމްތައް އަޅުވައި ބަދުނާމުކުރާނަމަ ޢަމަލުކުރަންވީ ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އަނގައިން ނުބުނެ ހުންނަންވީހެއްޔެވެ؟ އަހަރެންގެ ދިފާޢުގައި ބަހެއް ބުނެގެން ނުވާނެ ހެއްޔެވެ؟
މިފަދަ ސުވާލުތައް ކުރުމަށްފަހު އެގޮތަށް ހަނުހުރުމުން ނަފްސާނީ މައްސަލަތައް ކުރިމަތިވާކަމަށްވެސް ބުނެއެވެ.
އަހުރެންގެ ޖަވާބަކީ ދޮގު އިލްޒާމްތައް އަޅުވައި ފަޟީޙަތްކުރާނަމަ އެކަމުގެ ދިފާޢުގައި ބަސްބުނުމުގެ ޙައްޤު ކޮންމެ މީހކަށްވެސް ލިބިގެންވެއެވެ. މީސްތަކުންގެ ކުރިމަތީގައި ޙަޤީޤަތް ހާމަކުރަންވީއެވެ. ނަމަވެސް ކެތްތެރިކަމާއިއެކުގައެވެ. ރިވެތި ގޮތުގައެވެ. ރިވެތި ބަހުންނެވެ. ޒުވާބަކަށްވާނެ ގޮތަށް ބަސްނުބުނާށެވެ. ޒިވާބުކުރުމެއް ނެތެވެ. އަދި އޭނާ ބުނާފަދަ ހުތުރު ބަސްތައް ބުނުމެއްވެސް ނެތެވެ.
އެކަމުގެ ދަލީލަކީ ތިމާހުރީ ޙައްޤު ގޮތުގައި ނަމަވެސް ޒުވާބުކުރުން ހުއްޓާލައިފިނަމަ އެމީހަކަށް ސުވަރުގެއިން ގަނޑުވަރެއް ޙައްޤުވާކަމެވެ. އެންމެ ތިރިއަކުންވެސް ނޫނެވެ. މެދުތެރެއިންނެވެ.
Abu Umamah reported: The Messenger of Allah, peace and blessings be upon him, said,
“I guarantee a house on the outskirts of Paradise for one who leaves arguments even if he is right, and a house in the middle of Paradise for one who abandons lies even when joking, and a house in the highest part of Paradise for one who makes his character excellent.”
Source: Sunan Abī Dāwūd 4800
Grade: Sahih (authentic) according to Al-Nawawi
ވީމާ އަމިއްލަ ދިފާޢުގައިވެސް ޒުވާބުނުކުރާށެވެ! ސުވަރުގެއިން ގަނޑުވަރަކަށް އެދޭމީހަކަށްވާށެވެ. ބުއްދިވެރިންނަކީ ވަރަށް ފަސޭހައިން ސުވަރުގެއިން ގަނޑުވަރެއް ލިބެން އޮތް މިފުރުޞަތުގެ ބޭނުންހިފާ މީހުންނެވެ.
އެންމެ ގިނައިން ކުރެވޭ އެއް ބަދުނާމަކީ ފާހިޝް ޢަމަލުކުރުމުގެ އިލްޒާމް އެޅުވުމެވެ. އެފަދަ އިލްޒާމެއް ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ މަދުވެގެން 80 އެތިފަހަރުން ހައްދުޖަހަންޖެހޭ ކަމެކެވެ. މިދުނިޔޭގައި ޙައްދު ނުޖެހި ނަމަވެސް ޤިޔާމަތްދުވަހު އެކަމުގެ ޢަޛާބުން އެފަދަ ކަމެއް ކުރިމީހަކަށް ސަލާމަތެއް ނުވެވޭނެއެވެ.
ތިބާހުރީ ސީދާ މަގުގައިކަން ހާމަކުރާށެވެ. އެވަރުން ފުއްދައިލާށެވެ. ދޮގުހަދާ މީހުންނާއި އެކަން މިދުނިޔޭގައިވެސް އަރާހަމަކުރާނެއެވެ. އަދި އާޚިރަތުގައި އެކަމާއި ކުރިމަތިލާން ޖެހޭނެއެވެ.
ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށްވުމަށް ކުރަން އޮތްކަމަކީ ބައަކު ކޮންމެ ފިތުނައެއް އުފެއްދިނަމަވެސް، ޙައްޤު ނޫން ބަދުނާމެއް އެޅުވިނަމަވެސް ކަމުގެ ޙަޤީޤަތް ﷲ ތަޢާލާ ދެނެވޮޑިގެންވާކަމާއި ޤިޔާމަތްދުވަހުން ޙައްޤު ތިމާއަށް ދެއްވަވާނެކަން ޔަޤިންކުރުންމަތީގައި ސާބިތުވުމެވެ. އެފަދަ ދޮގު އިލްޒާމްތައް އެޅުވުމަކީ ތިމާއަށް ސުވަރުގެ ލިބުމަށް މަގުފަހިވާނެ ކަމެއްކަން ޔަޤީންކޮށް އުފާކުރުމެވެ.
އެހެންވެ އެބޭކަލުންނާއިމެދު ދޮގު ވާހަކަ ދައްކުމުން ޞަޙާބީން ވަނީ އެކަންކުރި މީހުންނަށް ހަދިޔާވެސް ފޮނުއްވަވައިފައެވެ. އެއީ އޭނާގެ އެކުރި ޢަމަލުގެ ސަބަބުން ސުވަރުގެ ލިބިވަދައިގަތުމަސް މަގުފަހވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ބުއްދިވެރިންނަކީ ފުރުޞަތުގެ ބޭނުން ހިފައި ތިމާއަށް ސުވަރުގެއިން ލިބެން އޮތް ގަނޑުވަރު ލިބިގަންނަ މީހުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ