ނިއު ދިއްލީ، އިންޑިއާ (އޮގަސްޓް 3) - އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ހާލިދު ޖާމިލްއާ ހަވާލުކުރިއިރު، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޓެކްނިކަލް ކޮމިޓީން ބެލި ހުރިހާ ބެލުމެއްގައި އޭނާ އަކީ އެންމެ ގާބިލު ފަރާތެވެ.
އިންޑިއާގެ ކޯޗުކަމުން މަނޯލޯ މާކުއޭޒް އިސްތިއުފާދިނުމުން، އެ މަގާމަށް ހުޅުވާލި ފުރުސަތުގައި، 170 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި އެވެ. މިހާރު ތިން ކޯޗެއްގެ ނަން ވަނީ ޝޯޓްލިސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ކޯޗުކޮށްދީ، ދާދި ފަހުން ޕާކިސްތާން ޓީމުން ވަކިވި، ސްޓެފަން ކޮންސްޓަންޓިން، އާއި ސްޓެފަން ޓާކޮވިޗް އަދި ޖާމިލް އެވެ.
ޖާމިލް، 48، އަކީ މިދިޔަ 13 އަހަރު ތެރޭ އިންޑިއާ ޓީމަށް ކޯޗުކޮށްދޭނެ އެ ގައުމަށް އުފަން ފުރަތަމަ ކޯޗަށެވެ. އެންމެ ފަހުން، އިންޑިއާ އަށް އުފަން ކޯޗަކު، އެ ގައުމުގެ ޓީމަށް އިރުޝާދުދިނީ، 2011-2013 އަށް، ސަވިއޯ މެޑެއިރާ އެވެ. އޭގެ ފަހުން، އިންޑިއާ އިން މުޅިން ބިދޭސީ ކޯޗުންނާ އެކު ކުރިއަށްދާން ނިންމީ އެވެ. އެކަމަކު، މި ފަހަރު ޖާމިލްއާ ޓީމު ހަވާލުުކުރަން ޓެކްނިކަލް ކޮމިޓީން ނިންމީ، ތަފާތު ގިނަ ސަަބަބުތަކަށް ބެލުމަށް ފަހު އެެވެ.
"އޭނާ އަކީ އިންޑިއާ ފުޓްބޯޅަ އަށް ފަރިތަ މީހެއް، ކުޅުންތެރިން ދެނެގަނެ، ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކުރިއަށްދާން އެނގޭ ފަރާތެއް. ދެން، ސޯޝަލް މީޑިއާއާ ބީރަށްޓެހި ވިޔަސް، މީޑިއާގެ ކަންކަން ދެނެގަންނަން ވެސް ފަރިތަ ކޯޗެއް، އަހަރެމެން ބެލި ހުރިހާ މިންގަނޑަކުން ވެސް ޖާމިލް ދިޔައީ އެއް ވަަނަ،" އިންޑިއާގެ ޓެކްނިކަލް ކޮމިޓީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ އަކުން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ ޓެކްނިކަލް ކޮމިޓީގައި މަސައްކަތްކުރާ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް، އައިއެމް ވިޖަޔަން ވެސް ވަނީ ޖާމިލް އަކީ "ކޮލިޓީ" ހުރި ފުޓްބޯޅައިގެ ސިކުނޑިއެއްގެ ވެރިއެއް ކަމަށް ބުނެފަ އެވެ.
ޖާމިލްގެ ކޯޗިން ކެރިއަރު ފެށުނު ގޮތަށް ބަލާއިރު ދިޔައީ އެންމެ ހީކުރި ގޮތަކަށް ނޫނެވެ. އެ ގޮތުން، 2008 ވަނަ އަހަރު މުމްބާއި އެފްސީގެ ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި، ހުއްޓައި، އޭނާ އަށް 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރަން މެނޭޖްމަންޓުން ނިންމީ އެވެ. އެ ގޮތުން، މުމްބާއި ޓީމަށް ފަހުން ކުޅުން ހުއްޓާލައި، ކޯޗިން އަށް ނުކުތް ޖާމިލް، ސީނިއާ ލެވަލްގައި ވެސް ކޯޗިން އަށް ތައްޔާރުވީ އެވެ.
ހަތް ސީޒަނުގައި މުމްބާއި އަށް ކޯޗުކޮށްދިނުމަށް ފަހު، ޖާމިލް، 2017 ވަނަ އަަހަރު އައިއޯޒް އަށް ބަދަލުވި އެވެ. އޭގެ ފަހުން، އެއް ސީޒަން އީސްޓް ބެންގޯލްގައި އަދި އަނެއް ސީޒަން، މޯހަން ބަގާންގައި މަސައްކަތްކުރި ޖާމިލް، ދެން، އައި ތިން ސީޒަނުގައި ހުރީ ފިލްމީ ތަރި ޖޯން އަބްރަހަމްގެ މެޖޯރިޓީ ހިއްސާ އޮންނަ ސުޕަ ލީގުގެ، ނޯތު އީސްޓް ޔުނައިޓެޑްގަ އެވެ. ފުރަތަަމަ އަހަރު، އެސިސްޓަންޓް ކޯޗަކަށެވެ. ދެ ވަނަ އަހަރު އިންޓަރިމް ކޯޗަކަށް ހުރުމަށް ފަހު، ދެން ހެޑް ކޯޗަކަށެވެ.
މިދިޔަ ތިން އަހަރު ޖާމިލް ހުރީ، ނޭޕާލުގެ ޗިޓްވާން އެފްސީ އާއި ބެންގަލޫރު ޔުނައިޓެޑް އަދި ޖަމްޝޭދުޕޫރުގަ އެވެ.
އިންޑިއާ ޓީމު ހަވާލުކުރީ އެ ގައުމަށް އުފަން އަދި އިންޑިއާގެ ސަގާފަތާ ރަށްޓެހި ކޯޗަކާ އިންޑިއާ ޓީމު ހަވާލުކުރީ އެ ގައުމަށް އުފަން އަދި އިންޑިއާގެ ސަގާފަތާ ރަށްޓެހި ކޯޗަކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ