ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި މަހު 31 ގައި ފަށަނީ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި މަހު 31 ގައި ފަށަނީ

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) މި ހިނގާ ޖުލައި 31، ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވާ އެ މުބާރާތުގައި ފޯ-ގޭމް ފޯމެޓްގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންއަށް ޝައުގުވެރިވާ މީހުން އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ޑީއެމްޖީސީގައި "ޕަބްޖީ"، "މޯބައިލް ލެޖެންޑްސް: ބޭން ބޭން" ގެ އިތުރުން މި ފަހަރު އަލަށް ތައާރަފްކުރާ "ރޮކެޓް ލީގް" އަދި "އެފްސީ 25" ހިމެނެ އެވެ.
މުބާރާތުގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެ އެވެ. މިގޮތުން "ޕަބްޖީ މޯބައިލް ކޮލިފައި" ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާއިރު، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އެފްސީ 25 ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ