ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ 37 މެންބަރުން ވޯޓު ދެއްވި އެވެ.
ޝަމްހީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ޕްރައިވެޓް ކްލިނިކް ތަކުގެ އަގު ބޮޑުވެ، ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެ ހޮސްޕިޓަލަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން މަހަކު އެވްރެޖުކޮށް 15،000 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާ ކަމަށާއި ހިދުމަތް ދަތްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން ޖޫން 27، ގައި ކަރަންޓުގެ ކެނޑި އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެންނަން ހަ ގަޑިއިރު ނެގި ކަމަށާއި އިއްޔެ ވެސް ގަޑިއިރެއްހާ އިރަށް ހޮސްޕިޓަލުގެ ހިދުމަތަށް ބުރޫއެރި ކަން ވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ. ޖޫން 27، ގައި ހިދުމަތް މެދުކެނޑި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރަން ވެސް ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ