މާލޭ އުތުރުފަރާތުގެ ބަނދަރު ހިންގަން އެމްޕީއެލްއާ ހަވާލުކޮށްފި
މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެމެއޯޔޫއެއްގެ ދަށުން މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން، އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރުގެ ހިންގުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.އެހެންކަމުން އެ ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.އަދި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ވެސް ހުޅުވާލައިފަ އެވެ.ރަޖިސްޓަރީ ނުކުރާ އުޅަނދުތައް އަންނަ މަހުގެ އެކެއްގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރަން އެމްޕީއެލް އިން ވަނީ އެދިފަ އެވެ. އެ މުއްދަތަށް ފަހު ހިދުމަތް ދޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް ބައިވަރު މުދާ އުފުލާ އެއްގަމު އުޅަނދުތައް ވެސް ވަދެ ނުކުމެވާ ތަނެކެވެ. އަދި ރަށްރަށަށާއި ރިސޯޓުތަކަށް މުދާ އުފުލާ ވަރަށް ގިނަ އޮޑިދޯނިފަހަރު ވެސް އެ ތަނުގައި ބަނދަރުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ