ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ބޭސްފަރުވާއަކަށް އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓައި ހައްޔަރުކޮށްފިއެވެ.
ބެންގަރޫލް މަނިޕާލް ހޮސްޕިޓަލުގައި ސަމަދުބެ ހުއްޓައި، އިންޑިއާގެ އިމިގްރޭޝަނުން އެތަނަށް ގޮސް ސަމަދުބެ އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް، ސަމަދުބެގެ ގާތްމީހަކު ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ.
ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އަޑުއުފުލައި އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސަމަދުބެ އެމީހުން ގެންދިޔައީ ޕާސްޕޯޓުގައި މައްސަލައެއް ހުރުމުން ޑީޕޯޓުކޮށްލުމަށް ކަމަށް، އިންޑިއާގެ އިމިގްރޭޝަނުން ބުނިކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެތިބޭތީ އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުން އިންޑިއާއަށް ދިޔުމުން، މިފަދައިން ދަތިކޮށް ފިއްތުން ކުރުން މިފަހަކަށް އައިސް ވަނީ އާންމުވެފައެވެ.
ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް ބޭސްފަރުވާއަކަށް އިންޑިއާއަށް ގޮސް ހުއްޓައި ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ