ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު އަންނަ އަހަރު ފަށައި، ދޮޅު އަހަރުން ނިންމާނަން: ރައީސް

ނ. އަތޮޅު ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު، އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ދޮޅު އަހަރުތެރޭ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި އިތުރު އެއާޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައެޅުއްވިއިރު، ވިހަފަރު ފަޅަކީ އޭގެ ތެރެއިން އެއް ތަނެވެ. ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ އޮންނަ ސަރަހައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓްތައް ގާއިމުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނ. އަތޮޅުގައި އޮންނަ ވިހަފަރު ފަޅު: ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު ދޮޅު އަހަރުން ނިންމާނެ ކަމަށް ރައީސް ވިދާޅުވި -- އެގޮތުން ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ނިންމާފައިވާކަން އެމަނިކުފާނު ވަނީ އިއުލާނުކުރައްވައިފައެވެ. 2026ގެ ކުރީކޮޅު އަމަލީގޮތުން މި މަސައްކަތް ފަށާނަން. ފަށާފައި އިރާދަކުރެއްވިއްޔާ އެ ސްކޭލްގައި ގޮސް ނިންމާލުމަށް ނަގާނެ ވަގުތެއް ނަގާނެ. ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނޫނީ އެންމެ ގިނަވެގެން ދެ އަހަރުތެރޭ އެއާޕޯޓު ނިމޭނެ، ރައީސް ވިދާޅުވީ ނ. އަތޮޅަކީ ޓޫރިޒަމްގައި ވަރަށް ކުރިއަރައިފައިވާ އަތޮޅެއް ކަމަށެވެ. ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށާއި ޓޫރިސްޓު ރިސޯޓުތައް މި އަތޮޅުގައި ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޖިއޯގްރަފީގެ ގޮތުން ބަލާއިރު އެއާޕޯޓެއް އެ ސަރަހައްދުގައި ގާއިމުކުރުމަކީ މުުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ. ވިހަފަރުގައި ތަރައްގީކުރާ އެއާޕޯޓުގެ އިތުރުން އެ އަތޮޅު މާފަރުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ އެއާޕޯޓަށް ބޭނުންވާ ހޮޓަލަކާއި އެ ނޫން ވެސް ޚިދުމަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ