ބިދޭސީންނަށް ކުއްޔަށް ދޭނަމަ ސޯޝަލް ހައުސިން ފްލެޓުތަކުގެ އެއްބަސްވުންތައް ބާތިލު ކުރަނީ

ސޯޝަލް ހައުސިންގެ ގޮތުގައި ދީފައި ހުންނަ ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ކުއްޔަށް ދީފައި ހުންނަ ތަންތަން އަންނަ ޖެނުއަރީން ފެށިގެން އަތުލާނެ ކަަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިންގެ ގޮތުގައި ދީފައިވާ ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.އެ ތާރީޚުގެ ފަހުން ހުޅުމާލެެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުން އުވާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން އެދިފައި ވެއެވެ.އެޗްޑީސީން މިފަދައިން އަންގާފައިވާއިރު މިހާރުވެސް ވަރަށް ގިނަ ހިޔާ ފްލެޓްތައް ދިވެހީންނާއި ބިދޭސީންނަށް ބޮޑެތި އަގުގައި ކުއްޔަށް ދޫކޮށްފައި ހުރެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައި، އޮކްޓޫބަރު މަހު ދޫކުރަން ފެށި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ވެސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވި އެވެ.ހުޅުމާލެއިން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ގިނަ ފްލެޓުތައް ކުއްޔަށް ދީފައި ހުންނަނީ ބިދޭސީންނަށްވުރެ ގިނައިން ދިވެހީންނަށެވެ.ހަމައެކަނި ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަ ފްލެޓުތަކުގެ އެގްރީމެންޓުތައް ބާތިލު ކުރާނެ ކަމަށް ބުނެ އެޗްޑީސީން އިއުލާނެއް ނެރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އެ މައްސަލައާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެ ކުރިން ވަނީ ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.އެ މައްސަލައިގައި އިތުރަށް ފާޑުކިޔުން އަމާޒުވަނީ، ސޯޝަލް ހައުސިން ފުލެޓުތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެމުންދާ ލުއިތަކުގެ ސަބަބުންނެވެ. އެގޮތުން ކުލި ދަށްކުރަމުން ދިޔަ ނަމަވެސް، ފުލެޓުތަކުގެ ވެރިން ބޮޑު އަގުގައި އެ ފުލެޓުތައް އަލުން ކުއްޔަށް ދިނުން ނުހުއްޓުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ