ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ސެޕްޓެމްބަރުގައި ހުޅުމާލޭގައި އިމާރާތް ކުރަން ފަށަނީ
ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް" ހުޅުމާލޭގައި ބިނާކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ހާމަކުރައްވައިފި އެވެ.ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. އެ މިސްކިތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ މިސްކިތުގެ ބިންގާ އަޅަން ނިންމާފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މި އަހަރު ސެޕްޓެމްބަރު 13ވަނަ ދުވަހު ކަމަށެވެ. މިސްކިތުގެ ޖާގަ މުޅިން ކަށަވަރުވާނީ ޑިޒައިން ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މި މަޝްރޫޢުގެ ދަށުން ބިނާކުރާ ކޮމްޕްލެކްސްގައި ހިމެނޭނެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ:ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގްޕާކިންގް ސަރަޙައްދެއްޤުރުއާން މިއުޒިއަމެއްމިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ޑިޒައިނިންއާއި އަމަލީ މަސައްކަތް ހިމެނޭހެން މުޅި މަޝްރޫޢަށް ބޭނުންވާ ފަންޑު ވަނީ ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން ހަމަޖައްސައިދީފައެވެ.އަދި މިސްކިތުގެ ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ