މެދުއިރުމަތީގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލައި، އަލުން ސުލްހަވުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.
ހާރިޖިއްޔާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި މިއަދު ހިނގާދިޔަ ހަމަލާ ބަދަލުކުރުންތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި، މަޝްރަހު އިތުރަށް ހޫނުވިޔަނުދީ ހައްލުކުރުމަށް ބާރުއަޅާކަމަށެވެ.
އދ ގެ ޗާޓަރުގައިވާ ކަންކަމަށް ހުރިހާ ފަރާތްތަކަކުންވެސް އިހުތިރާމްކުރަންޖެހޭކަން ފާހަގަކުރަމުން މި ބަޔާނުގައި ރާއްޖެއިން ވަނީ ހުރިހާ ދައުލަތްތަކެއްގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ރައްކާތެރިކަމަށް އެއްޤައުމު އަނެއްޤައުމުން އިހުތިރާމް ކުރުމަށް އެދިފައެވެ. އަދި ސަރަހައްދީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.
މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވަނީ އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާތައް ދިނުމުންނެވެ. ރައްދުގައި އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް މިސައިލުން ހަމަލާތައްދީފައެވެ. މީގެ ތެރޭގައި ޤަތަރު، ބަހްރެއިން، ސައުދީ އަދި ޔޫއޭއީ ހިމެނެއެވެ.
ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ