ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އިމާރާތުގެ ބޭސްމެންޓުގައި ހުރި ސައިކަލުތައް ވީ އެންމެ އަވަހަކަށް ނެގުމަށް އެދެފި އެވެ.
ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްޑީސީން ބޭނުންކުރާ ގްރޫޕަށް އެޗްޑީސީގެ ފަރާތުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހިޔާ ޓަވަރު 5 ގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމައްޓަކައި ބޭސްމަންޓްގައި ޕާރކު ކޮށްފައިވާ ސައިކަލުތައް ވީ އެންމެ އަވަހަކަށް ނަގާލަދިނުމަށް ހިޔާ ޓަވަރު 5 ދިރިއުޅުއްވާ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގީ މިރޭ އިރުއޮްއްސުނު ވަގުތު ކަމަށް އެޓަވަރުގައި އުޅޭ ފަރާތަކުން ގާފު ނޫހަށް ވަނީ މައުލޫމާތު ދީފައި އެވެ.
އަދި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެޓަވަރުގައި ދިރިއުޅޭ ހުރިހާ ފަރާތްތައް ވަނީ އިމާރާތުން ހުސްކޮށްފައެވެ. ނަމަވެސް މިހާރު ބައެއް ފްލެޓުތަކަށް މީހުން ވައްދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންނާއި ސިފައިން މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުންވެސް މިހާރު ވަނީ އިމާރާތަށް ވަދެފައި އެވެ.
ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އިމާރާތުގެ ބޭސްމެންޓުގައި ހުރި ސައިކަލުތައް ވީ އެންމެ އަވަހަކަށް ނެގުމަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ