ސަސްޓެއިނަބްލް ޓައުންޝިޕްގެ އިންވެސްޓްމެންޓު އެއްބަސްވުމުގައި ސޮއިކޮށްފި
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް" ގެ ނަމުގައި ނ. އަތޮޅުގައި ޓައުންޝިޕެއް ތަރައްގީކުރަން 790 މިލިއަން ޑޮލަރު 12 ބިލިއަން ރުފިޔާ) ގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި، އެ މަޝްރޫއު ހަވާލުކުރީ ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ.ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.ރ. އަތޮޅު ކޮތައިފަރުގައި މިހާރު ވެސް ރިސޯޓެއް ހިންގާ ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕީޓާރް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ސަސްޓެއިނަލްބުލް ޓައުންޝިޕެއް ތަަރައްގީ ކުރަން ހުއްދަ ލިބުނު ފުރަތަމަ ކުންފުންޏަށް ވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. ނަމަވެސް އެފަދަ އެހެން ޕްރޮޖެކްޓްތައް ހިންގަން އެހެން އިންވެސްޓަރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ދިވެހި ސަރުކާރުން ދައްކަމުންދާ އިންވެސްޓްމެންޓަށް ފަހި އެޕްރޯޗާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. ރަނގަޅު އިންވެސްޓެއް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް ދިވެހިރާއްޖެއަކީ ރަނގަޅު މަންޒިލަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކްރިސްޓަލް ހޯލްޑިންގްސް އަކީ ރާއްޖޭގައި ސަސްޓެއިނަބުލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގާ ފުރަތަމަ ކުންފުނީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރުކުރި ފުރަތަމަ ކުންފުނި ކަމަށެވެ. އެކަމަށް ޓަކައި އެ ކުންފުންޏަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެކެވެ. ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ