ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅުކޭސް ހޯދުމަށް މިހާތަނަށް 4،805 ގޭބިސީއަކުން ނަމްބަރު ނަގާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ހަދިޔާކުރުމުގެ މަސައްކަތް ސަރުކާރުން މިރޭ ވަނީ ފަށާފައެވެ. މިރޭގެ 20:00 ޖެހުމާ ހަމަޔަށް ފަސްހާހާ ގާތްކުރާ ގޭބިސީން މަސްދަޅު ހޯދުމަށް ނަމްބަރު ނަގާފައިވާއިރު، މިނިސްޓަރު ވިދާޅުވީ އަތޮޅުތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.
އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންދާއިރު، މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކުރީއަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނޭކަމަށެވެ.
މިފަހަރު ގްރޭޓާ މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ.
ލޭގައި މަސްދަޅުތައް ދޫކުރާނީ މިފްކޯ މަރުކަޒުންނާއި، ސޯޝަލް ސެންޓަރުންނާއި، އެމްޓީސީސީ ސޯ މިލް އިންނާއި، ހެންވޭރު ބޯޅަ ދަނޑު އަދި ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދަކުންނެވެ.
ހުޅުމާލޭގައި މަސްދަޅުތައް ދޫކުރާނީ އުމަރު ޒާހިރު ބިލްޑިން އިންނާއި، ޕޮލްކޯ ޓަވަރުގެ ތިރިބައިންނާއި، މުޙައްމަދު ގާސިމް ޕްރީ ސްކޫލް އިންނާއި، ކާމިލް ދީދީ ސްކޫލާއި، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓުންނެވެ.
ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުގައެވެ
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ކުރިއަށް ދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ
މަސްދަޅުކޭސް ހޯދުމަށް 4،805 ގޭބިސީއަކުން ނަމްބަރު ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ