ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ: ނަޝީދު ރައީސް ނަޝީދު އަވަހާރަކޮށްލަން އިންޒާރުދިން މީހާ 10 އަހަރަށް ޖަލަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު ލޭނުގެ މަސްވެރިކަމަށް ހުއްދަ ދީފިނަމަ ފަތު

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ޕްރައިމަރީ ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ތައުރީފު ކުރައްވައިފި އެވެ.
ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީގެ ކަންކަން ފެނިގެންދިޔައީ ވަރަށް “އުފާވެރި މަންޒަރެއް” ގެ ގޮތުގައި ކަމަށެވެ. އަދި އެހާ އޮމާންކަމާއެކު އިންތިޚާބު ބޭއްވުމަކީ އެމްޑީޕީން ދެއްކި ނަމޫނާއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
“އިންތިޒާމް ވެގެން ރޭވިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތަކީ ޕާޓީ އަކަށް އެންމެ މުހިންމު އެއް ކަންތައް،” ނަޝީދު ވިދާޅުވި އެވެ.
މި އިންތިޚާބު ފެނިވަޑައިގަތުމުން މާޒީގެ ހަނދާންތައް އާވެގެންދިޔަކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބު ހަނދާނަށް އަންނަ ކަމަށެވެ. އެއީ އެމަނިކުފާނު އެންމެ ފުރަތަމަ ވާދަކުރެއްވި އިންތިޚާބު ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އޮމާންކަމާއެކު އިންތިޚާބުތައް ބޭއްވުމުގެ ގާބިލްކަން އެމްޑީޕީގެ ކިބައިގައި ހުންނާނެ ކަމަށާއި، މިއަދުވެސް އެމްޑީޕީން ސާބިތުކޮށްދިނީ އެ ނަމޫނާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ