އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

މަގުމަތީގައި ހިނގާފައިދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ މިރިޔާސް މަގުން ހިނގާފައިދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާފައިވާ ކަމަށް މިރޭ 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ