އެމެރިކާ އާއި ޔަހޫދީ އިޒްރޭލު އިސްވެ އޮވެ އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފަށާފައިވާ ހަނގުރާމަ ނުހުއްޓައިފިނަމަ އެ ހަނގުރާމައާ ގުޅެން ތައްޔާރަށް އޮތް ކަމަށް ޔަމަނުގެ ހޫތީން އިންޒާރު ދީފި އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ އިއްޔެ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ބަޔަކު ބައިވެރިވެއްޖެ ނަމަ ނުވަތަ އީރާނަށް ނުވަތަ އެއްވެސް މުސްލިމު ގައުމަކަށް ހަމަލާ ދިނުމަށް ރަތްކަނޑު ބޭނުންކޮށްފި ނަމަ އެ ޖަމާއަތުން ތިބީ ސީދާ ހަނގުރާމައަށް ނުކުތުމަށް ތައްޔާރަށް ކަމަށެވެ.
ހޫތީ ޖަމާއަތުން ހަރަކާތްތެރިވަނީ ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ބާބުލް މަންދަބް ކައިރީގައި އޮންނަ ޔަމަނުގެ ހުޅަނގު އައްސޭރިފަށުގައެވެ. އެހެންވެ ހޫތީން އީރާން ހަނގުރާމައާ ގުޅިއްޖެނަމަ، އޭގެ ނުރައްކާ މުޅި ދުނިޔޭގެ އިގުތިސާދަށް ކުރާނެ ކަމަށް ބެލެވެ އެވެ.
އެގޮތުން އެންމެ ފަހުން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ތެރޭގައި ހޫތީން ވަނީ ބާބުލް މަންދަބުން ދަތުރުކުރި އުޅަނދުފަހަރަށް ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ހަމަލާދީފަ އެވެ.
ހޫތީންގެ އިންޒާރު: އީރާނަށް ދޭ ހަމަލާތައް ނުހުއްޓައިފިނަމަ ހަނގުރާމައާ ގުޅޭނަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ