އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ރަޖްނީކާންތުގެ ބައޯގްރަފީއެއް ނެރެން ތައްޔާރުވާން ފަށައިފި އެވެ.
އުމުރުން މިހާރު 75 އަހަރުގެ އެކްޓަރުންގެ ދެ ދަރިންގެ ތެރެއިން ޑައިރެކްޓަރު ސޯންދަރިއާ ރަޖްނީކާންތު ގަލާޓާ ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ބައްޕަގެ ބައޯގްރަފީ ލިޔުމުގެ މަސައްކަތް ރަޖްނީކާންތު ކުރަމުން އަންނަ ކަމަށެވެ. އޭނަ ބުނީ އެކްޓަރުގެ ހަޔާތުގެ ހުރިހާ ސޮފްހާތަކެއްހެން ކިޔައިދޭނެ ކަމަށާއި ބައޯގްރަފީ ވާނީ ރަޖްނީކާންތުގެ ފޭނުންނަށް ވަރަށް ވެސް ހާއްސަ އެއްޗަކަށް ކަމަށެވެ.
ނަމަވެސް އެ ނެރޭނެ އިރެއް ސޯންދަރީ ނުބުނެ އެވެ.
އިންޑިއާގެ ދެކުނުގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ ރަޖްނީކާންތަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ސްޕަސްޓާރެވެ.
އޭނަ އަކީ އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފުގެ ތެރޭގައި ހިމެނޭ ޕަދްމާ ވިބުޝަން އާއި ޕަދުމާ ބުޝަން އެވޯޑް ވެސް ލިބިފައިވާ ފަންނާނެކެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރަޖްނީކާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ތަމަޅަ ފިލްމު 'ކޫލީ' އެވެ.
ރަޖްނީކާރުގެ ބައޯގްރަފީއެއް ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ