ދެ މަސް ދުވަސްވީ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްޕުޅާނުވާ ކަމަށް އެމެރިކާގެ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
މީގެ ސަބަބުން، ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި ތަކެތީގެ އަގު އުފުލި އަދި އެތައް ހާސް ބަޔަކު މަރުވެފައިވާ މި ހަނގުރާމައަށް ހައްލެއް ލިބުމުގެ އުންމީދު ވަނީ ކުޑަވެފަ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އީރާނުގެ ހުށަހެޅުމަކީ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް ހަނގުރާމަ ނިމެންދެން ފަސްކުރުމާއި ގަލްފުގެ ކަނޑުދަތުރުފަތުރުގެ މައްސަލަތައް ފުރަތަމަ ހައްލުކުރުމެވެ. ނަމަވެސް، ވޮޝިންޓަނުން ބާރުއަޅަމުންދަނީ އެންމެ ފުރަތަމަ ވެސް ނިއުކްލިއާ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ވިދާޅުވީ، އެމެރިކާއިން ނޫސްތައް މެދުވެރިކޮށް މަޝްވަރާ ނުކުރާނެ ކަމަށާއި އެމެރިކާގެ ހުރަސްނުކުރެވޭނެ އިންތަކާ މެދު ސާފުކޮށް ބުނެފައިވާނެ ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ މި ހުށަހެޅުން ހިއްޕަވައިގެން މިދިޔަ ހަފްތާ ބަންދުގައި ޕާކިސްތާނަށް ވަޑައިގަތުމަށް ފަހު، ރައީސް ލަޑީމިއަ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ރަޝިޔާއަށް ވަނީ އިއްޔެ ވަޑައިގެންފަ އެވެ. އަރާގްޗީ ވިދާޅުވީ، އެމެރިކާގެ މަގްސަދުތައް ހާސިލުނުވުމުން، ޓްރަމްޕް މަޝްވަރާއަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުގެ ހުށަހެޅުމުގައި ފުރަތަމަ ކަމަކަށް އެދިފައިވަނީ އެމެރިކާ-އިޒްރޭލު ހަނގުރާމަ ހުއްޓާލުމަށާއި އަލުން ހަމަލާ ނުދޭނެކަމުގެ ޔަގީންކަން ދިނުމަށެވެ. އޭގެ ފަހުން އެމެރިކާގެ ކަނޑުގެ އަސްކަރީ ބްލޮކޭޑް ނުވަތަ ބަންދުކުރުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށާއި އީރާނުގެ ބާރުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށެވެ. ނިއުކްލިއާ މައްސަލަތަކާ މެދު މަޝްވަރާކުރާނީ އޭގެ ފަހުންނެވެ.
މަސްރަހު ނުތަނަވަސްކޮށް އޮތުމުން ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލިފަ އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވިޔަފާރިވެރިންގެ ސަމާލުކަން ހުރީ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލާ މިންވަރަށެވެ.
އެ ސަރަހައްދުގެ ދަތުރުފަތުރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާންމު ހާލަތުގައި ދުވާލަކު 125 އާއި 140އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު އެ ކަނޑުއޮޅި ހުރަސްކުރި ނަމަވެސް، ފާއިތުވި 24 ގަޑިއިރު ތެރޭގައި ހުރަސްކޮށްފައިވަނީ އެންމެ ހަތް އުޅަނދެވެ. އޭގެ ތެރެއިން އެއްވެސް އުޅަނދަކީ ދުނިޔޭގެ ބާޒާރަށް ތެޔޮ އުފުލާ އުޅަނދެއް ނޫނެވެ.
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުން ޓްރަމްޕަށް ކަމަކުނުދިޔަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ