މިއަހަރުގެ މިހާތަނަށް މުޅި ރާއްޖޭން ޑެންގީ ހުން ޖެހިގެން 2،183 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަހުން މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ 374 ކޭސް ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2،183 އަށް އަރާފައެވެ.
- ޖެނުއަރީ: 679 ކޭސް.
- ފެބްރުއަރީ: 428 ކޭސް.
- މާޗް: 600 ކޭސް.
- އޭޕްރީލް: 476 ކޭސް.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެނުއަރީ މަހު 76، ފެބްރުއަރީ މަހު 87، މާޗް މަހު 76 އަދި އޭޕްރީލް މަހު 135 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަލި އެންމެ ގިނައިން ފެތުރިފައިވަނީ އަތޮޅުތެރޭގައެވެ. އެގޮތުން އަތޮޅުތެރެއިން 1,813 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭހެވެ.
އަހަރުގެ މިހާތަނަށް ޑެންގީގެ 2،183 ކޭސް ރިޕޯޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ