ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ’އަދަދު‘ ނޫހުން އުފައްދާފައިވާ ”އައިޝާ“ ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ”އަދަދު“ އިން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.
އީޝާގެ އިތުރުން ”އަދަދު“ ނޫހުގެ އެޑިޓަރު، ހަސަންގެ ޕާސްޕޯޓުވެސް މިއަދު ވަނީ ހިފަހައްޓައިފައެވެ.
އަދި ރޭގެ ވަގުތެއްގައި ވަނީ އަދަދުގެ ސީއީއޯ ފިޔާޒް މޫސާގެ ފާސްޕޯޓްވެސް ހިފަހައްޓައިފައެވެ.
ރައީސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާގެ ޕާސްޕޯޓު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ