ކަރަންޓު ބިލު ބޮޑުވާތީ ވެލިދޫ ފެނަކަ އޮފީސް ކައިރީ އިހުތިޖާޖުކޮށްފި
ކަރަންޓު ބިލު ދެ ގުނައަށް ބޮޑުވިކަމަށް ބުނެ ވެލިދޫ ރައްޔިތުން ފެނަކަ ކުރިމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.އެކި ޝުއޫރުތަައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ފެނަކަ އޮފީސް ކައިރީގައި މިއަދު އާންމުން ކުރަމުންދާ އިހުތިޖާޖުގައި ބުނަމުންދަނީ ކަރަންޓު ބިލުން "ރައްޔިތުން ނޮޅާލައިފި" ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ސްޓެލްކޯގެ ކަސްޓަމަރުންނާއި، ފެނަކައިގެ ޚިދުމަތް ހޯދާ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.ކަރަންޓު ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑު ވަނީ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ އެވެ. މި ދުވަސްވަރު އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރަނީ ގޭތެރެ އާއި ކޮޓަރިތައް ފިނިކުރަން ބޭނުންކުރާ އެއާ ކޮންޑިޝަނާ (އޭސީ) ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ